މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫއުގެ ދަށުން ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމަތަކާއި ހޯލުގެ ސީލިންގ، އަދި ދޮރާއި ދޮރުފަތްތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުން

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް  ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމްތަކާއި ހޯލުގެ ސީލިންގ، އަދި ދޮރާއި ދޮރުފަތްތައް އެލްމެނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާގެ ނަންބަރު  GS–167/IUL/2025/16އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ދެވަނަ ފަހަރަށް، އިޢުލާން ކުރަމެވެ.

ވީމާ، ކޫލް ސްކޫލް މަޝްރޫއުގެ ދަށުން މި ސްކޫލުގެ ކުލާސްރޫމްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލުގެ ކުލާސްރޫމަތަކާއި ހޯލުގެ ސީލިންގ، އަދި ދޮރާއި ދޮރުފަތް އެލްމެނިއަމް ދޮރަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް އަދި ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި،ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން:   10 ފެބުރުއަރީ 2026 (13:00)

ބީލަން ހުށަހެޅުން:      19 ފެބުރުއަރީ 2026 (13:00)

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ފެބުރުވަރީ 2026
ހޯދާ