ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
1 މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މަގުބައްތި (ސޯލަރ ލައިޓް) ހޯދުމަށް ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. މިބީލަމުގައި ރަޖިސްޓަރީ ކުރުމަށް 2026 ޖެނުއަރީ 29 ން 2026 ފެބުރުވަރީ 11 ގެ ނިޔަލަށް" ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް " ފުރިހަމަ ކުރެއްވުމަށްފަހު ދެވިފައިވާ އީމެއިލަށް ފޮނުއްވުމަށް ދެންނެވީމެވެ. މެއިލް ކުރެއްވުމަށް ފަހު މެއިލް ލިބިފައިވާ ކަން ޔަޤީން ކުރެއްވުމަށް މިއިދާރާގެ ފޯނަށް ގުޅުއްވައި ޔަޤީން ކުރެއްވުމަށްވެސް ދަންނަވަމެވެ. ބީލަން ހުށަހެޅުއްވޭނީ މިމުއްދަތުގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށެވެ. " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް " މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިއިދާރާއިން ލިބެން ހުންނާއެވެ.
4. މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ފެބުރުއަރީ 11 ވަނަ ދުވަހުގެ ކުރިން މިއުލާންގެ 9 ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
5. ބީލަން ހުށަހެޅުއްވުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ފެބުރުވަރީ 12 ވަނަ ދުވަހުގެ 13.00 ގައި ދ. މީދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައެވެ.
6. މި ޕްރޮޖެކްޓްގެ ބީލަންފޮތް، ބީލަން ހުށަހަޅާ ފޯމް، ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފޯމް، އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ނަމޫނާ އަދި ކުރެހުންތައް މި އިޢުލާނާއެކު އާއްމުކުރެވިފައި ވާނެއެވެ.
7. ބީލަން ހުށަހަޅުއްވަނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތް ނޫން އެހެން ފަރާތެއް މެދުވެރިކޮށް ކަމުގައި ވަނީނަމަ އެފަރާތަކީ ބީލަމުގައި ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަމްސީލް ކުރައްވާ ފަރާތެއްކަން އެނގޭނެ ބީލަން ހުށަހަޅާ ފަރާތުގެ ރަސްމީ ލިޔުން ހުށަހަޅުއްވަން ވާނެއެވެ.
8. ބީލަމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.
9 . މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން.
ދ. މީދޫ ކައުންސިލް އިދާރާ / ދ. މީދޫ/ ދިވެހިރާއްޖެ
ފޯން 6760005/6760042
އީމެއިލް [email protected]
ކޮޕީ އީމެއިލް: [email protected]
