ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
ސްޕެޝަލް އެޑިއުކޭޝަން ޓީޗަރ (ވޭޖް)

ދިޔަމިގިލީ ސްކޫލް

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ

                                                                                                                                                                                        ނަމްބަރ:GS181 / N-04 / 2026 /I-01          

އިޢުލާނު

 މަޤާމް

ޓީޗަރ

ސްޕެޝަލައިޒޭޝަން

ސްޕެޝަލް އެޑިއުކޭޝަން

ބޭނުންވާ ޢަދަދު

1

މަޤާމުގެ ނަމްބަރު

J-367950

މަޤާމުގެގިންތި:

ވަގުތީ (ވޭޖް)

މުއްދަތު:

 ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން  21 ޖުލައި 2026 ގެ ނިޔަލަށް

މަޤާމުގެރޭންކު:

ޓީޗަރ، ރޭންކު 1 - ސްޓެޕް 1

ޕަބްލިކްސަރވިސްރޭންކް

ޕަބްލިކް ސަރވިސް ރޭންކު 5 - ސްޓެޕް 1

ވަޒީފާއަދާކުރަންޖެހޭތަން:

 ދިޔަމިގިލީ ސްކޫލް /ތ.ދިޔަމިގިލި

މުސާރައާއިއެލަވަންސްތައް

ޓީޗަރ ރޭންކް

މަހެއްގެމައްޗަށްޖުމްލަދެވޭނެއުޖޫރައިގެމިންވަރު

ހާޒިރީއިނާޔަތް (ހާޒިރުވާކޮންމެދުވަހަކަށް)

ދުވާލަކަށްދެވޭނެއުޖޫރައިގެމިންވަރު

1 (އެއް) ގަޑިއިރަށްދެވޭނެއުޖޫރައިގެމިންވަރު

ޓީޗަރ  ރެންކް 1 ، ސްޓެޕް 1

11978-/

75-/

544.45

68.06

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ކުލާހުގައާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ޤައުމީ މަންހަޖުގައި ދަރިވަރުންނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ "ކީ ކޮމްޕިޓެންސީޒް" ތައް ހާޞިލުވާނޭ ގޮތަށް ކިޔަވައިދިނުމުގައި ބޭނުންކުރާ ލެސަން ޕްލޭންތަކާއި ކުލާސްރޫމުގެ މާހައުލު އަދި އިތުރު ހަރަކާތްތައް ރޭވުން.
  3. ދަރިވަރުން ލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުމާއި ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.
  4. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރ، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫންވެސް ދަރިވަރުންނަށް ޙާޞިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓް ތަކުގެ ޕޭޕަރުތައް މާކުކުރުން.
  5. ދަރިވަރުން ހާޞިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑުތައް ބެލެހެއްޓުން
  6. ދަރިވަރުންގެ ކުރިއެރުމާ ބެހޭ ގޮތުން ބެލެނިވެރިންނާއި ސްކޫލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ޙިއްސާ ކުރުން
  7. ޓީޗަރުން ނެތް ހާލަތްތަކުގައި، ސްކޫލުގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު އެ ޓީޗަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމުގެޝަރުޠުތައް:

ޓީޗަރ، ރޭންކް 1

1. ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކިޔަވައިދިނުމުގެދާއިރާ:

ޓީޗިންގ (ސްޕެޝަލް އެޑިއުކޭޝަން)

ނޯޓް:

ޓީޗަރެއްގެ ޒިންމާ އަދާ ކުރައްވާ ކޮންމެ ފަރާތަކުން ކިޔަވައި ދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  5އަކަށްވުރެ މަތީގެ ސަނަދެއް އޮންނަންޖެހޭތީ، ކިޔަވައިދޭ މާއްދާއަށް ޚާއްސަ ކުރެވިފައިވާ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް  5އަކަށްވުރެ މަތިން ޓީޗިންގ ދާއިރާގެ ޖެނެރަލް ޓީޗިންގ ސެޓްފިކެޓެއް ފުރިހަމަ ކުރައްވާފައިވާނަމަ، އެ ސެޓްފިކެޓް ކިޔަވައި ދިނުމުގެ ދާއިރާގެ ސަނަދެއް އޮތްކަމަށް ބެލުމުގައި ބޭނުން ކުރެވޭނެއެވެ.

ތަޢުލީމީދާއިރާ

އެޑިޔުކޭޝަން، ސްޕެޝަލް އެޑިއުކޭޝަން،  ޓީޗިންގ

މަޤާމުގެމަސައްކަތުގެދާއިރާތައް:

ޓީޗިންގ ސާވިސަސް

ހުށަހަޅަންޖެހޭލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

ޓީޗަރރޭންކް 1 އިންޓީޗަރރޭންކް 3 އާއިދެމެދުކްރައިޓީރިއާ

 

 

އަސާސީ ޝަރުޠު ހަމަވުން

ޓީޗަރ ރޭންކް 1ގެ ޝަރުޠު ފުރިހަމަވުން

20

ޓީޗަރ ރޭންކް 2ގެ ޝަރުޠު ފުރިހަމަވުން

30

ޓީޗަރ ރޭންކް 3ގެ ޝަރުޠު ފުރިހަމަވުން

35

ތަޖުރިބާ

އަސާސީ ޝަރުޠަށް ވުރެ އިތުރުވާ ތަޖުރިބާ

05

އިންޓަރވިއު

25

ޕްރެކްޓިކަލް

35

މިވަގުތު ޓީޗަރުންގެ ޖޮބްމެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރުމުގައި ދެވޭ އިސްތިސްނާ

ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމެއްގައި ހުރި މުވައްޒަފެއް، ސިވިލް ސަރވިސްގެ އިދާރާއެއްގެ ޓީޗަރެއްގެ މަޤާމަށް ބަދަލުކުރާނަމަ ނުވަތަ ކުރިމަތިލައި ހޮވިއްޖެނަމަ، ވަޒީފާ ހަމަޖައްސާނީ އެވަގުތު ވަޒީފާގައި ހުރި ރޭންކުންނެވެ. އަދި އެވަގުތު ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ޝަރުޠު ހަމަވާ ޙާލަތްތަކުގައި ވަޒީފާ ހަމަޖައްސާނީ ޝަރުޠުހަމަވާ މަތީ ރޭންކުންނެވެ.

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން، ދިޔަމިގިލީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓްއަދިއިންޓަރވިއުއޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ 05 ފެބްރުއަރީ 2026 އާއި 12 ފެބުރުއަރީ 2026 އާ ދެމެދު، ދިޔަމިގިލީ ސްކޫލްގައެވެ.

 

"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓުލިބުނުގޮތުގެޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނުގެދަށުންމަތީގައިވާޝަރުތުހަމަވާފަރާތެއްދާއިމީމަޤާމަށްނުލިބިއްޖެނަމަ،ތިރީގައިވާޝަރުތުހަމަވާފަރާތެއްވޭޖް އެމްޕްލޮއިމެންޓް އުޞޫލުން ނެގުމަށްހަމަޖެހިފައިވެއެވެ.

މަޤާމުގެގިންތި: ވަގުތީ 

މުއްދަތު: ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން  21 ޖުލައި 2026 ގެ ނިޔަލަށް

އުޖޫރަ: ކޮންމެ މަހަކު ތިރީގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް

މުވައްޒަފުންގެއެންމެމަތީތަޢުލީމީފެންވަރަކީ

މަހެއްގެމައްޗަށްޖުމްލަދެވޭނެއުޖޫރައިގެމިންވަރު

ދުވާލަކަށްދެވޭނެއުޖޫރައިގެމިންވަރު

1 (އެއް) ގަޑިއިރަށްދެވޭނެއުޖޫރައިގެމިންވަރު

ސާނަވީ ތަޢުލީމު ނުވަތަ މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާކަމަށް ވާނަމަ

10645.00

483.86

80.64

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ

11060.00

502.73

83.79

ކިޔަވާދޭ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކުރުން ކަމަށްވާނަމަ

12345.00

561.14

93.52

ކިޔަވާދޭ މާއްދާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކުރުން ކަމަށްވާނަމަ

14440.00

656.36

109.39

.

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.   

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780609 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

                                  10  ޝަޢުބާން  1447

                                29  ޖެނުއަރީ  2026

 

29 ޖަނަވަރީ 2026
ހޯދާ