ދިވެހިރާއްޖެ
(IUL)38-BB/38/2026/33 :ނަންބަރު
އިޢުލާން
|
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް |
||
|
ޤައުމީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 261(IUL)38-BB/38/2025/ އިއުލާނަށް ބޭނުންވާ އަދަދު ހަމަނުވާތީ، މިމަގާމަށް އަލުން އިއުލާން ކުރަމެވެ. |
||
|
މަޤާމް: |
ޤައުމީ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރު (އީ.އެކްސް 1) |
|
|
ބޭނުންވާ ޢަދަދު: |
04 (ހަތަރެއް) |
|
|
އަސާސީ މުސާރަ: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 1000.00 (އެއްހާސް ރުފިޔާ) |
|
|
މަސައްކަތުގެ ވަގުތު: |
ދުވާލަކު 08 ގަޑިއިރު |
|
|
ފެންވަރު ނުވަތަ ޝަރުޠު: |
||
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ: ޤާނޫނީ / ޤާނޫނާއި ޝަރީޢާ |
||
|
އެހެނިހެން ޝަރުތު: |
||
|
||
|
މަސްއޫލިއްޔަތު: |
||
|
- އިންތިޚާބުތަކާބެހޭ އާންމު ޤަވައިދުގައި ބުނާ ގޮތުގެމަތިން ކޮމްޕްލެއިންޓްސް ބިޔުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙްގީޤް ކުރުމަށްފަހު، ގޮތެއް ނިންމުން. - އިންތިޚާބު ނިމުމުން ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން. - ކެންޑިޑޭޓް އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގައި އެހީތެރިވެދިނުން. |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
||
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، 5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން: - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ. - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ. |
||
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
||
|
މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ފެބުރުވަރީ 08 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން މ މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލު ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ރަސްމީ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލު މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލްސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ. |
||
|
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި މުއްދަތު |
||
|
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނުއޮންނާނީ 2026 ފެބުރުވަރީ 10 އާ 17 އާ ދެމެދު، އިލެކްޝަންސް ކޮމިޝަން، މާލޭ ގައެވެ. |
||
|
- ވަޒީފާއަށް ހޮވިއްޖެނަމަ ނިކުންނަށް ޖެހޭނެކަމަށް ލަފާކުރާ ތާރީޚް |
||
|
- 2026 ފެބުރުވަރީ 22 އާއި 2026 ފެބުރުވަރީ 28 އާ ދެމެދުއެވެ. |
||
|
އިތުރު މަޢުލޫމާތު: |
||
|
- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން އެވްރެޖް 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ. - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - މި މަޤާމަށް ހޮވިގެން ވަޒީފާ އަށް ނުކުމެފައިވާ ފަރާތެއް، އެ ވަޒީފާއިން ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތެއް ބަލާ، އެފަރާތަކަށް އެމުއްދަތުގެ ތެރޭގައި ފުރުޞަތު ދެވޭނެއެވެ. - އިޢުލާނުގައިވާ ޢަދަދަށް ވުރެއް އިތުރަށް މުވައްޒަފުން ބޭނުންވެއްޖެ ހާލަތެއްގައި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ އިންޓަރވިއުކޮށް ނިމިފައިވާ ފަރާތްތަކުގެ ތެރެއިން، އެންމެ މަތިން މަރކްސް ލިބިފައިވާ ތަރުތީބުން މުވައްޒަފުން ނެގޭނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށްދެވޭ އަމަލީ ޓެސްޓާއި އިންޓަރވިއުއަށްފަހު އެފަރާތްތަކަށް ލިބިފައިވާ މާރކްސް އާންމު ކުރާނެއެވެ. |
||
|
މާކްސް ދިނުމުގައި ބަލާނެ މިންގަނޑު |
||
|
ބައިތައް |
މާކްސް |
|
|
ތަޢުލީމާއި ތަމްރީނު |
40 |
|
|
މަސައްކަތުގެ ތަޖުރިބާ (އާންމު) |
10 |
|
|
މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު) |
15 |
|
|
އިންޓަވިޔު |
25 |
|
|
ޢަމަލީ ޓެސްޓު |
10 |
|
|
ޖުމުލަ |
100 |
|
ޝޯޓްލިސްޓު ކުރެވޭގޮތް:
- އިންތިޚާބާ ގުޅިގެން ހޮވާ ސީނިއަރ މެނޭޖްމަންޓް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރާނީ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކުހަށް ބެލުމަށްފަހު ލިބޭ މާކުހުގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. މަޤާމުގެ ޝަރުޠުތައްކަމަށް ބަޔާންކޮށްފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ތަޢުލީމާއި ތަމްރީނަށް ކަނޑައަޅައިފައިވާ ފުރިހަމަ މާކްސް ދެވޭނެއެވެ.މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
