ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' ޑާލާ ޕޯޓަލް ބޭނުންކުރަން ފެށުމާ ގުޅޭ

"ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' ޑާލާ ޕޯޓަލް ބޭނުންކުރަން ފެށުމާ ގުޅޭ"

ކާރިސާތައް ރިޕޯޓުކުރުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް ސަރުކާރުން ފޯރުކޮށްދެއްވާ އިންސާނީ އެހީތެރިކަމަށް އެދުމުގެ ނިޒާމު ޑިޖިޓަލް ކުރުމަށް ޚާއްޞަ ޕޯޓަލްއެއް ފަރުމާކޮށް، 'ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' (ޑާލާ) ގެ ނަމުގައި 26 ޖަނަވަރީ 2026 ވަނަ ދުވަހު ވަނީ އިފްތިތާޙް ކޮށްފައެވެ. މި ޑިޖިޓަލް ޕްލެޓްފޯމާ އެކީ ކާރިސާތައް ރިޕޯޓުކުރުމަށް މިހާރު ބޭނުންކުރަމުން އަންނަ މެނުއަލް ޑެމޭޖް އެސެސްމަންޓް ފޯމުތައް، އީމެއިލާއި ޖެމްސް މެދުވެރިކޮށް މިއޮތޯރިޓީއަށް ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ 30 އޭޕްރިލް 2026 ކަމުގައި ދަންނަވަމެވެ.

 

މި ޕޯޓަލް އަކީ އެކްސެސް ކޮންޓްރޯލްޑް ޕޯޓަލްއެއް ކަމުން ޕޯޓަލްއަށް މަޢުލޫމާތު އަޕްޑޭޓް ކުރެވޭނީ ހަމައެކަނި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މީގެ ސަބަބުން ކުރިންވެސް ކާރިސާތައް ރިޕޯޓުކުރުމުގައި ޢަމަލުކުރަމުންދާ އުސޫލަށް ބަދަލެއް އައިސްފައި ނުވާނެއެވެ. މިގޮތުން "ޑާލާ" ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކުރުމުގައި ތިރީގައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

 

1)  ރަށު އަދި ސިޓީ ކައުންސިލްތައް މެދުވެރިކޮށް، ޑާލާ ޕޯޓަލް އިން ކާރިސާތައް ރިޕޯޓުކުރުމާއި ޑެމޭޖް އެސެސްމެންޓުތައް ހުށަހެޅުން

2)  ކާރިސާއެއް ހިނގާތާ 24 ގަޑިއިރުތެރޭގައި ޑާލާ ޕޯޓަލްއިން ކާރިސާ ލޮގްކުރުން އަދި ޚާއްޞަ ޙާލަތެއް ކުރިމަތިވެގެން 24 ގަޑިއިރުތެރޭގައި "ޑާލާ" ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ނުކުރެވޭނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 115 އަށް ގުޅާ ކާރިސާ ރިޕޯޓުކުރުން.

3)  ޚާއްޞަ ޙާލަތެއް މެދުވެރިވެގެން މެނުވީ، ކާރިސާގެ ޙާލަތު ނިމޭތާ 48 ގަޑިއިރު ތެރޭގައި ޑެމޭޖް އެސެސްމަންޓް ހުށަހެޅުން. އަދި  ޚާއްޞަ ޙާލަތެއް ކުރިމަތިވެގެން 48 ގަޑިއިރު ތެރޭގައި ފޯމު ނުފޮނުވިއްޖެނަމަ، އެކަން މި އޮތޯރިޓީއަށް އެންގުން

4)  ކާރިސާގެ ސަބަބުން ލިބުނު ގެއްލުމުގެ ސާފު ފޮޓޯ ޕޯޓަލް މެދުވެރިކޮށް އަޕްލޯޑު ކުރުން

 

"ޑާލާ" ޕޯޓަލް އަކީ މަޢުލޫމާތު ވަގުތުން އަޕްޑޭޓް ވަމުންދާ ޕޯޓަލް އެއްކަމުން ކައުންސިލްތަކުން ޕޯޓަލްގައި އަޕްޑޭޓް ކުރައްވާ މަޢުލޫމާތުތައް މިއޮތޯރިޓީ އިން ވެރިފައި ކުރުމުން https://stats.ndma.gov.mv/ މެދުވެރިކޮށް ރައްޔިތުންނަށް މިކަމުގެ އަދާހަމަ އަދި އެންމެ ފަހުގެ މަޢުލޫމާތު ލިބެން ހުންނާނެ ވާހަކަ ވެސް ދަންނަވަމެވެ.

29 ޖަނަވަރީ 2026
ހޯދާ