މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންމަފުށީ ކައުންސިލްގެ 3 ވަނަ ބަންގި މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ހިންމަފުށީ ކައުންސިލްގެ  3 ވަނަ ބަންގި މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

           ސްކޫލްޢުމުރު ފުރާތަކުގެ ދަރިވަރުންގެ ހިތްތަކުގައި އިމާމުވެ ނަމާދުކުރުމާއި އަދި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް އެކަންކަމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ހިންމަފުށީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ބަންގި މުބާރާތް މިފެށޭ ރަމަޟާން މަހުގެ ފުރަތަމަ 10 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް އޮންނާނީ ޤުރްއާންމުބާރާތާއި އެކު އެކީގައެވެ. 

           ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 29 ޖަނަވަރީ 2026 ދުވަހުން ފެށިގެން  10 ފެބްރުއަރީ 2026 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށި ސްކޫލް އިދާރާއިންނެވެ. 

           މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ. އަދި މިމުބާރާތުގައި ދަރިވަރުން ބައިވެރިކުރުވުމުގެ މައްޗަށް ބެލެނިވެރިންގެ ފުރިހަމައެއްބާރުލެއްވުން ދެއްވުމަކީ މިކައުންސިލްގެ އެދުމެކެވެ. 

        މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2026
ހޯދާ