މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ޕޯޓަބަލް އައުޓްޑޯރ ގާރޑް ހައުސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ވުޒާރާއިންދޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޕޯޓަބަލް އައުޓްޑޯރ ގާރޑް ހައުސް  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށެހެޅުއްވުމަށް 08 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހު 11:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހާ އަދި ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

 

           އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީ މަސައްކަތު ގަޑީގައި 3037309 / 3343458 އަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. ނުވަތަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 ޖަނަވަރީ 2026
ހޯދާ