ދިވެހިރާއްޖެ
މ.ކޮޅުފުށީ މަސްޖިދުލް އިބާދާތި އަދި މަސްޖިދުލް ވިޔާމްގެ އޭސީތަށް ސާރވިސްކުރުމާއި، 2 އޭސީ ހަރުކުރުން އަދި މަސްޖިދުލް ނޫރުގައި އެއަރކަޓަރއެއް ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 02 ފެބްރުއަރީ 2026 ވަނަ ދުވަހު 11:00 އަށް މި އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަން ފޯމް މި އިއުލާނާއި އެއްހީރަސްކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަން ހުށަހެޅުއްވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއާއި ވަޑައިގަންވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނެވުން އެދެމެވެ. އަދި ކޯޓޭޝަން ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
