ދިވެހިރާއްޖެ
މި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ އެއްބަސްވުމުގެ މުއްދަތު 2015 ޑިސެންބަރު 31 ގެ ނިޔަލަށް ހަމަވާތީ އިތުރު އަހަރަކަށް (2016 ޖަނަވަރީ 01 ން ފެށިގެން އެއަހަރުގެ ނިޔަލަށް) ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
|
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
|
ތާރީޚު: 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަސް |
ތާރީޚު: 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަސް |
|
ގަޑި: ހެނދުނު 11:00 |
ގަޑި: ހެނދުނު 11:00 |
|
ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް |
ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް |
13 ޞަފަރު 1437
