ދިވެހިރާއްޖެ
ސުރުޚީގައި ދެންނެވިފައިވާ ސްޓޭޓްގެސްޓްހައުސް، މާދުނި އިމާރާތުގެ ރޫމުތައް މިއިދާރާއިން ފޯރުކޮށްދޭ ކުރެހުންތަކާއި، މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 01 ފެބުރުއަރީ 2026 ވާ ( އާދިއްތަ ) ދުވަހުގެ 12:00 އަށް މިއިދާރާއަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 01 ފެބުރުއަރީ 2026 ވާ ( އާދިއްތަ ) ދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 10 ފެބުރުއަރީ 2026 ވާ ( އަންގާރަ ) ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
