ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ދިއްދޫ ކުޑަކުދިންގެ ޕާކު އަދި ސްކޭޓްޕާކު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
- ހއ. ދިއްދޫ ކުޑަކުދިންގެ ޕާކާއި އަދި ސްކޭޓްޕާކު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2026 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 9:00 އިން ފެށިގެން 2026 ފެބުރުވަރީ 2 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ މެއިލް [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.
- ބީލަމުގައި ބައިވެރިވުމަށް -/300 (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ޖަމާކުރާނީ ދިއްދޫ ކައުންސިލްގެ 7714700364001 (1289 ރެވެނިއު 1) އެކައުންޓަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާއިރު ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރީވުމަށް އެދޭ ފޯމާއި އެކު ހުށަހަޅަންވާނެއެވެ.
- މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 5,000.00ރ (ފަސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ ފައިސާ ޖަމާކުރާނީ މަތީގައި ދެންނެވިފައިވާ ދިއްދޫ ކައުންސިލްގެ އެކައުންޓަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ. އަދި ބީލަން ހުށަހަޅާއިރު ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ބީލަމާއެކު އެކު ހުށަހަޅަންވާނެއެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓާއި، ޕާކުގެ ކުރެހުންތަކާއި އަދި ބީ.އޯ.ކިޔު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓްގައި 2026 ފެބުރުވަރީ 2 ވާ ހޯމަ ދުވަހުގެ 14:00 ގެ ފަހުން މެއިލްކުރެވޭނެއެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 ޖަނަވަރީ 26 ވާ ހޯމަ ދުވަހުގެ 10:00 އިން ފެށިގެން 2026 ފެބުރުވަރީ 4 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު މި ކައުންސިލްގެ މެއިލްއަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ކުރެއްވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 ފެބުރުވަރީ 8 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ދިއްދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
25 ޖަނަވަރީ 2026
ހޯދާ
