ދިވެހިރާއްޖެ
އިޢުލާން
މާރުކޭޓްގައި ތަކެތި ވިއްކުމާއި ބެހޭ
ކޮންމެ އަހަރެއްގައިވެސް ރަމްޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެކެވެ. މި ގޮތުން ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްސަދުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މި މާރުކޭޓަކީ ރޯދަމަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.
އެހެންކަމުން މި ރަށުގެ ދަނޑުވެރިކަމުގާ އުފައްދާ ތަކެތި މި މާރުކޭޓްގައި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން 27 ޖަނަވަރީ 2026 (އަންގާރަ ) ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ވަޑައިގެންނަންނޯޓް ކުރުމަށް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
