މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިވުޒާރާއިން ތަރުޖަމާކުރާ އަރަބި ބަހުގެ ރިފަރެންސް ފޮތްތައް ޕްރޫފްރީޑް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް އިލްމުވެރިން ހޯދުމަށް

އިޢުލާން

މި ވުޒާރާއިން ތަރުޖަމާކުރާ ޢަރަބި ބަހުގެ ރިފަރެންސްތައް ޕްރޫފްރީޑް ކުރުމަށްޓަކައި 1 އަހަރު ދުވަހުގެ މުއްދަތަށް ޢިލްމުވެރިން ހޯދުމަށް ކުރެވުނު ނަންބަރު (IUL)142-A5/142/2025/245 (02 ޑިސެންބަރު 2025) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، 3 އަހަރު ދުވަހުގެ މުއްދަތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ފެބްރުވަރީ 02 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

 

https://forms.office.com/r/BaCBLUa2jW

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޕެބްރުވަރީ 09 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 ފެބްރުވަރީ 04 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252  3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 ޖަނަވަރީ 2026
ހޯދާ