މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ރަމަޟާން މަހަށް ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތް

 

ރަމަޟާން މަހަށް ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތް 

މި ވުޒާރާގެ ފަރާތުން މި ފެށޭ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރޯދަމަހަށް ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2026ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރަތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުން އެދެމެވެ. މި މުބާރާތަށް އިންސާފުކުރުން އޮންނާނީ 31 ޖަނަވަރީ 2026ގައެވެ. މި އިއުލާނާއެކު ރަމަޟާން މަހަށް ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތުގެ އުޞޫލާއި މި މުބާރާތުގައި ބައިވެރިކުރެވިދާނެ ބާވަތްތައް ހިމެނޭ ލިސްޓެއް އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

މި މުބާރާތާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މި ވުޒާރާގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ 7699595 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު 

ރަމަޟާން މަހަށް ޚާއްޞަ ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތުގައި ބައިވެރިވުން – Fill in form

22 ޖަނަވަރީ 2026
ހޯދާ