ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން ކޯހަށް އިޢުލާން ކުރުން

އިޢުލާން

 

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ)  އިން އެޑިޔުކޭޝަން އަށް ކިޔެވުމުގެ ފުރުސަތުތަކާބެހޭ މަޢުލޫމާތެވެ. ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 ކޯހާ ބެހޭ އިތުރު މަޢުލޫމާތު  ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv  އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލާ ނާދިޔާ އަޙްމަދު (ފޯން: 3345300، އީމެއިލް: [email protected]) އަށެވެ.

 

ފެކަލްޓީ އޮފް އެޑިޔުކޭޝަން

 

ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އެޑިޔުކޭޝަން

ތަޢާރަފް

އެޑިޔުކޭޝަން ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރެއްވުމަށް ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ.

  • ކަރިކިއުލަމް/އެޑިޔުކޭޝަނަލް ރިފޯމް Curriculum/Educational Reform
  • އެޑިޔުކޭޝަނަލް ޗޭންޖް އެންޑް އިނޮވޭޝަން Educational Change and Innovation
  • ޕެޑަގޮޖިކަލް ޕްރެކްޓިސް Pedagogical Practice    
  • އިސްލާމިކް އެޑިޔުކޭޝަން Islamic Education
  • ފިލޯސޮފީ އޮފް އެޑިޔުކޭޝަން Philosophy of Education
  • ސޯސިއޮލޮޖީ އޮފް އެޑިޔުކޭޝަން Sociology of Education
  • ކަރިކިއުލަމް ޑެވެލޮޕްމަންޓް Curriculum Development
  • އެޑިޔުކޭޝަނަލް ޕޮލިސީ Educational Policy
  • އެޑިޔުކޭޝަން ފޮރ ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް (އީ.އެސް.ޑީ) Education for Sustainable Development (ESD)
  • އިންޓަރގްރޭޓީންގ ސަސްޓެއިނަބިލިޓީ ޕްރިންސިޕަލްސް އިން ހަޔަރ އެޑިޔުކޭޝަން Integrating Sustainability Principles in Higher Education
  • ހިއުމެނިޓީސް އެންޑް ސޯޝަލް ސައިންސަސް އިން އެޑިޔުކޭޝަން Humanities and Social Sciences in Education
  • އެޑިޔުކޭޝަން ޓެކްނޯލޮޖީ އެންޑް ޕެޑަގޮޖީ Educational Technology and Pedagogy
  • ޓީޗަރ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް Teacher Professional Development
  • ކުއަލިޓީ އެޑިޔުކޭޝަން Quality Education
  • މެތަމެޓިކްސް އެޑިޔުކޭޝަން Mathematics Education

 

ކޯހުގެ މުއްދަތު: 3-6 އަހަރު (ފުލްޓައިމް ކޮށް އެންރޯލްކުރެވޭނީ ކެމްޕަސްއަށް ހާޒިރުވެ ކިޔަވަން ގަސްދުކުރާ ދަރިވަރުންނެވެ.)

 

ކޯހަށް ވަނުމުގެ ޝަރުޠު

  1. އެޑިޔުކޭޝަން ދާއިރާއިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި
  2. ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. އަދި
  3. ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.
  • ޑިގްރީ ނުވަތަ މާސްޓަރސް ހާސިލުކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިނގިރޭސި ބަހުގެ ފެންވަރު

IELTS އިން ދަށްވެގެން 6.0 ލިބިފައިވުން ނުވަތަ ކެމްބްރިޖް ސެޓްފިކެޓް އޮފް އެޑްވާންސް އިންގްލިޝް (ސީ.އޭ.އީ.) އިން ދަށްވެގެން "ސީ" ފާހެއް ލިބިފައިވުން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

 

އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
  • ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ގެ ސަނަދާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ
  • ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ
  • ރިސާރޗް ޕްރޮޕޯސަލް
  • ހުށަހަޅާ ފަރާތުގެ ވަނަވަރު
  • އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން

 

ނޯޓު: ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ ހުންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކުރެވިފައެވެ. އަދި މީގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.

 

އިތުރު މަޢުލޫމާތު

 

  • ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

    Statement of Intent Information of PhD_English.pdf  

 

  • ކޯހުގެ ފީ އަކީ 93600.00 (ނުވަދިހަ ތިން ހާސް ހަސަތޭކަ) ރުފިޔާ އެވެ. ފީ އާއި ބެހޭ އިތުރު ތަފްސީލު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ އެވެ.

   http://mnu.edu.mv/course-fees

 

  • މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށެވެ.
  • ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.
  • އެޕްލިކޭޝަނާއި އެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ވާނެއެވެ.

 

 

22 ޖަނަވަރީ 2026
ހޯދާ