މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޑިރެކްޓަރ، އިންޓަރނަލް އޮޑިޓް

 (IUL)10-C/10/2026/5:ނަންބަރު

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ، އިންޓަރނަލް އޮޑިޓް

މަޤާމުގެ ނަންބަރު:

J-429687

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / އިންޓަރނަލް އޯޑިޓް ސެކްޝަން/ ކ.މާލެ

މުސާރަ:

މަހަކު 16,080.00ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 7,505.00ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ ޢިނާޔަތް: ކަނޑައަޅާފައިވާ އުޞޫލުގައިވާގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 205.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ މަސައްކަތްތައް ކުރަމުން ދަނީ އެތަންތަނުގެ މެންޑޭޓާއި، އެސް.އޯ.ޕީތަކާ އެއްގޮތަށްތޯ ބަލާ ޗެކްކުރުން.
  2. އިންޓަރނަލް އޯޑިޓް ޑިޕާޓްމަންޓަށް އަހަރީ ޕްލޭނެއް އެކުވާލުން އަދި ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ރާވާ ޕްލޭން ތަންފީޒުކުރުން.
  3. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުންހިނގާ އިދާރާތަކުގެ ހިރާސް (ރިސްކް) ތައް ދެނެގަނެ، އެކަންކަން އިސްލާހް ކުރުމަށް ލަފާދިނުން.
  4. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުންހިނގާ އިދާރާތަކުން ދައުލަތުގެ މުދަލާއި، ފައިސާ ޚަރަދު ކުރަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާއި އުސޫލްތަކާއި އެއްގޮތައްތޯ ބަލާ ޗެކް ކުރުން.
  5. އޮޑިޓްކުރާ ތަންތަނުގެ އޮޑިޓް ރިޕޯޓް ތައްޔާރުކޮށް އިންޓަރނަލް އޮޑިޓް ސަބް ކޮމިޓީއަށް ހުށަހަޅާ ކޮމިޓީން ރިޕޯޓް ފައިނަލް ކުރުން.
  6. މިނިސްޓްރީއާއި، މިނިސްޓްރީގެ ދާއިރާތަކުން ހޯދާފައިހުރި ހަރުމުދަލުގެ ރަޖިސްޓްރީއާއި، އެތަކެއްޗާއި ބެހޭ އެންމެހާކަންކަން ޤަވައިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ބަލާ ޗެކް ކުރުން.
  7. އެކްސްޓާނަލް އޮޑިޓުން ފާހަގަކުރާ މައްސަލަތަކާއި، އިންޓާރނަލް އޮޑިޓުން ފާހަގަކުރާ މައްސަލަތައް، އިންޓާރނަލް އޮޑިޓް ސަބްކޮމިޓީއަށް ހުށަހަޅާ ކޮމިޓީގެ ލަފާގެމަތިން އިލާޙް ކުރަންޖެހޭ ކަންކަން މިނިސްޓްރީގެ ސެކްޝަންތަކަށާއި، ޔުނިޓުތަކަށް އެންގުން.
  8. މިނިސްޓްރީގެ ބޭނުން ތަކަށް ހޯދާ ތަކެތީގެ ސްޓޮކް ޤަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ޗެކްކުރުން.
  9. ބިޑްކޮމެޓީން ނިންމާ މަސައްކަތްތައް ޗެކް ކުރުމާއި، އެވަލުއޭޓް ކޮށްފައިވާގޮތް ބެލުމާއި، މަސައްކަތްތައް ހަވާލުކުރަނީ ޤަވައިދާ އެއް ގޮތައްތޯ ބެލުން.
  10. ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރ ކުރުމާއި، އެޕްރެޒައިލް ފޯމްފުރާ ފުރިހަމަ ކުރުން.
  11. އޮޑިޓް ސެކްޝަނަށް ހުށަހަޅާ ކުއްލިމައްސަލަތައް ކޮމިޓީއަށް ހުށަހަޅައި ކުރިއަށް ގެންދާނެ އުސޫލެއް ކަނޑައެޅުން.
  12. ސެކްޝަނުގެ އިދާރީ އެންމެހައި މަސައްކަތްތަކާއި އިންޓާރނަލް އޮޑިޓް ސަބް ކޮމިޓީގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުވުން.

މަޤާމުގެ ޝަރުޠުތައް:

  1. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެސް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށްވުމާއެކު، މަގާމުގެ މަސައްކަތުގެ 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން. ނުވަތަ؛
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމި ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން. ނުވަތަ؛
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމި ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ 
  2. އެކައުންޓިންގ އެނަލިސްޓް 
  3. އެކައުންޓިންގ އެންޑް އޮޑިޓިންގ 
  4. އެކައުންޓިންގ އެންޑް ފައިނޭންސް 
  5. އެކައުންޓިންގ އެންޑް ފައިނޭންޝަލް ފޮރެންސިކް 
  6. އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް 
  7. އެކައުންޓިންގ އެންޑް ފަންޑަމެންޓަލް އެނަލިސިސް 
  8. އެކައުންޓިންގ އެންޑް އިންފޮމޭޝަން ސިސްޓަމްސް 
  9. އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންޝަލް އޮޑިޓް 
  10. އޮޑިޓް އެންޑް ރިސްކް މެނޭޖްމަންޓް 
  11. އޮޑިޓިންގ 
  12. އޮޑިޓިންގ އެންޑް ކޮންސަލްޓިންގ 
  13. އޮޑިޓިންގ އެންޑް ޓެކްސޭޝަން 
  14. ބޭންކިންގ 
  15. ކޯޕަރޭޓް އެކައުންޓިންގ 
  16. ކޯޕަރޭޓް ފައިނޭންސް 
  17. ފައިނޭންސް 
  18. ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ 
  19. ފައިނޭންޝަލް އިކޮނޮމިކްސް 
  20. ފައިނޭންޝަލް އިންޖިނިއަރިންގ 
  21. ފައިނޭންޝަލް މެނޭޖްމަންޓް 
  22. ފައިނޭންޝަލް މާކެޓްސް 
  23. ފައިނޭންޝަލް ޕްލޭނިންގ 
  24. ފޮރެންސިކް އެކައުންޓިންގ 
  25. ފޮރެންސިކް އެކައުންޓިންގ އެންޑް އޮޑިޓިންގ 
  26. ފޮރެންސިކް އެކައުންޓިންގ އެންޑް ފައިނޭންޝަލް ކްރައިމް 
  27. ފޮރެންސިކް އޮޑިޓް އެންޑް އެކައުންޓިންގ 
  28. ފްރޯޑް އޮޑިޓިންގ އެންޑް ފޮރެންސިކް އެކައުންޓިންގ 
  29. ގަވަރމަންޓް އޮޑިޓިންގ 
  30. އިންޓަރނަލް އޮޑިޓިންގ 
  31. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  32. އިސްލާމިކް ފައިނޭންސް 
  33. ޕްރޮފެޝަނަލް އެކައުންޓިންގ 
  34. ޕަބްލިކް ފައިނޭންސް 
  35. ޓެކްސް އެކައުންޓިންގ 
  36. ޓެކްސް މެނޭޖްމަންޓް އެންޑް އޮޑިޓިންގ

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އޮޑިޓިންގ ގެ މަސައްކަތްތައް
  2. އެކައުންޓިންގ ގެ މަސައްކަތްތައް
  3. ފައިނޭންސްގެ މަސައްކަތްތައް
  4. އިންޓަރނަލް އޮޑިޓިންގ ގެ މަސައްކަތްތައް
  5. ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް
  6. އެޝުއަރަންސް ސަރވިސްގެ މަސައްކަތްތައް
  7. ބޭންކިންގ ގެ މަސައްކަތްތައް ނުވަތަ އިންޝުއަރަންސްގެ މަސައްކަތްތަކުގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 ފެބްރުވަރީ 01 އާއި 12 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

3 ޝަޢުބާން 1447

22 ޖަނަވަރީ 2026
ހޯދާ