ދިވެހިރާއްޖެ
އިޢުލާން
ރަމަޟާން މަހަށް މާލެ ސަރަހައްދުގައި ޚާއްސަ ކުރެވޭ ވަގުތީ މާރުކޭޓުން ޖާގަ ދޫކުރުމާ ގުޅޭ
މިއަހަރު ރަމަޟާން މަހަށް ޚާއްސަ ކޮއްގެން ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަހައްދުގައި ޤާއިމު ކުރުމުގެ މަސައްކަތް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރައްވަމުންދާކަމަށް އެ ވުޒާރާއިން އަންގަވާފައިވެއެވެ. މި މާރުކޭޓުން ދަނޑުވެރިކަން ކުރާ ކޮންމެރަށަކަށް 3 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިރަށުގެ ދަނޑުވެރިން އުފައްދާ ތަކެތި މި މާރުކޭޓުގައި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 26 ޖެނުއަރީ 2026 ވާ ހޯމަ ދުވަހު 10:00 ގެ ކުރިން މި ކައުންސިލަށް އެފަރާތްތަކުގެ ތިރީގައިވާ މަޢުލޫމާތު ފޮނުއްވުން އެދެމެވެ.
- ފުރިހަމަނަން
- ދާއިމީ އެޑްރެސް
- އައިޑީކާޑު ނަންބަރު
- ގުޅެނެ ފޯނު ނަންބަރު
މި މަޢުލޫމާތު ފޮނުއްވުމަށްޓަކައި ތިރީގައިވާ ކޮންމެ ވަސީލަތެއްވެސް ބޭނުންކުރެވޭނެއެވެ.
- އީމެއިލް :[email protected]
- ވައިބަރ : +960 7430055
- ފޯނު : +960 6600005
- ސިޓީ
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
