މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިރީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސްޖިދުލް އަންވާރު މަރާމާތު ކުރުމަށް ބޭނުންވާތީ ތިރީގައި ދެންނެވިފައިވާ  މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  1. މިސްކިތުގެ އެތެރެއާއި ބޭރުގައި ކުލަލުން.
  2. މިސްކިތުގެ ގޯތި ތެރޭގައި ޕޭމެންޓް ގައު ޖެހުން.
  3. މިސްކިތުގެ ކުޑަ ދޮރުތައް (3 ދޮރު ގެ 10 ދޮރު) އެލްމިނިއަމް ދޮރަށް ބަދަލު ކުރުން.
  4. މިސްކިތުގެ ބޮޑު ދޮރު އެލްމިނިއަމް ދޮރަށް ބަދަލު ކުރުން.
  5. މިސްކިތުގެ ވުޟޫކުރާ ބައިގެ ސީލިންގ ބަދަލު ކުރުން.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ކޮންމެ މަސައްކަތްތަކެއް ކޮށްދެވޭނެ އަގު ވަކިން އިނގޭނެހެން 28 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ 12:00 އަށް މިކައުންސިލަށް ޙާޟިރުވެ އަގު ހުށަހަޅާ ފޯމް ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޖަނަވަރީ 2026
ހޯދާ