ދިވެހިރާއްޖެ
﷽
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،
މާލެ، ދިވެހިރާއްޖެ.
ނަންބަރު: 011FSM-ADV/2026/
އެމްޕްލޯއިމަންޓް އެޖެންސީތައް ރެޖިސްޓަރކުރުމަށް ހުޅުވާލުން
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރާއްޖެއިން ބޭރުން ގެނެސްދިނުމަށް ބޭނުންވާ ފަރާތްތައް، ދެ އަހަރު ދުވަހުގެ މުއްދަތައް މި ކުންފުނީގައި ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ.
- · ބިދޭސީ މުވައްޒަފުން ގެނެސްދިނުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތައް
ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ ޤަވާއިދު R-2022/63 ގެ ދަށުންރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ A ގެ ސައްޙަ ލައިސަންސް އޮތް އެޖެންސީއެއް ކަމުގައިވުން.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތުތައް ހިމަނުއްވަންވާނެއެވެ.
- ރެޖިސްޓަރކުރައްވާ ފަރާތުގެ/ އެޖްނސީގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- އިޢުލާނު ނަންބަރ
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 17 ފެބުރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެދުނު 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
21 ޖަނަވަރީ 2026
