ދިވެހިރާއްޖެ
މި އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން "ތިލައުތުރު ފުޓްސަލް މުބާރާތް - 2026" ނަމުގައި ފުޓްސަލް މުބާރާތެއް 2026 އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ހޯސްޓް ކުރުމާއި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ކުރިއަށް ގެންދަން ބޭނުންވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ތިރީގައިވާ ލިންކު ބޭނުން ކުރުން އެދެމެވެ.
ލިންކު: https://forms.office.com/r/FUXVVviDJa
|
ތަފްޞީލް |
ތާރީޚާއި ގަޑި |
|
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް |
28 ޖަނަވަރީ 2026، 12:00 |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
02 ފެބުރުވަރީ 2026، 12:00 |
|
ޕްރޮޕޯސަލް ހުށަހެޅުން |
17 ފެބުރުވަރީ 2026 ، 12:00 |
މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްރަށުން، ޕްރޮޕޯސަލް ފުރިހަމަ ކުރުމަށްފަހު، މި ކައުންސިލްގެ އީމެއިލް [email protected] އަށް ނުވަތަ މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ފަހުން ލިބޭ ޕްރޮޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ. މި މުބާރާތް ހޯސްޓްކުރާނެ ރަށެއް ކަނޑައަޅާނީ މާކްސް ލިބޭ އުސޫލަށް ބަލައި އެންމެ މަތީން މާކުސް ހޯދާ ރަށެކެވެ.
