މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ދޫކުރެވުނު ގޯތިތަކަށް އަރާފައިވާ ގަސްގަހުގެ ނީލަން

އަލަށް ދޫކުރެވުނު ގޯތިތަކަށް އަރާފައިހުރި ގަސްތަކުގެ ނީލަންކިޔުން 22 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު  1:00 ގައި އޮންނާނެއެވެ.

         ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެދުވަހުގެ އެގަޑިއަށް ކައުންސިލް އިދާރާ ގޯތިތެރެއަށް ޙާޟިރުވުމަށް ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 3 ދުވަހުގެ (ސަރުކާރު ބަންދުނޫން) ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދައްކާ ނިންމަންވާނެއެވެ. އަދި 7 ދުވަހުގެ ތެރޭގައި ތަކެތި އެސަރަޙައްދުންނަގާ ތަން ސާފުކޮށް ނިންމަން ވާނެއެވެ.

19 ޖަނަވަރީ 2026
ހޯދާ