ދިވެހިރާއްޖެ
މިރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން އެއްގަމު އުޅަނދުގެ ލައިސަންސް ހެއްދުމަށް ނުވަތަ އައު ކުރުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ފަރާތުން ރ.އަތޮޅު ކައުންސިލަށް ގެންގޮސް ތިއަރީ ޓެސްޓް އަދި ޕްރެކްޓިކަލް ހެދުމުގެ ފުރުޞަތު ހުޅުވާލެވިފާވާ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށް ހިނގާ ޙަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ފަރާތުން ކަމުގައި ދަންނަވަމެވެ.
ވީމާ، އެއްގަމު އުޅަނދުގެ ލައިސަންސް ހެއްދުމަށް ނުވަތަ އައު ކުރުމަށް ބޭނުންވާ ފަރާތްތަކުން 29 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ނަންނޯޓް ކުރެއްވުމަށް މިއިދާރާގެ ފޯނު ނަންބަރު 6584030 ށް ގުޅުއްވާ ނުވަތަ 7339830 ށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ. އަދި ނަންނޯޓް ކުރައްވާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
