މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
2026 ވަނަ އަހަރަށް ޕާޓްޓައިމް ލެކްޗަރަރ ޕޫލް ރަޖިސްޓްރީ ކުރުން

މޯލްޑިވްސް ޕޮލިޓެކްނިކްގެ އެކި އެކި ކެމްޕަސްތަކުގައާއި ތަފާތު ރަށްތަކުގައި 2026 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ސެޓްފިކެޓް ލެވެލް 3، 4 އަދި ޑިޕްލޮމާ ގެ ކޯސްތަކުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ  ޕާރޓް-ޓައިމް ލެކްޗަރަރ އިން ޕޫލްގައި ރަޖިސްޓްރީ ކުރުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)213-HR/213/2026/4 ބާޠިލު ކުރުމަށްފަހު އަލުން އެޕްލިކޭޝަންއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ވަޒީފާގެ ފުރުސަތު

މަޤާމް:

 ޕާރޓް-ޓައިމް ލެކްޗަރަރ

އުޖޫރަ:

 ކިޔަވައިދޭ ގަޑިއިރަކަށް -/250 ރުފިޔާ 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

1-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް)

2-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

3-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތައް އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓްކޮށްފައިވާ ކޮޕީ)

ޝަރުތު:

ކިޔަވައިދެއްވާނެ މާއްދާތަކުގެ ތެރެއިން ޕާރޓް-ޓައިމް ލެކްޗަރަރއިން ބޭނުންވާ ކޯސް އަދި މޮޑިއުލްތަކުގެ ލިސްޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ ތިރީގައިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • އަޕްލޯޑްކުރައްވާ ލިޔެކިއުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެފަދަ ގޮތަކަށެވެ.

https://forms.gle/2Y7UJm1UdE2wMjrr8

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯން 3002569 ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • 28 ޖަނަވަރީ 2026
20 ޖަނަވަރީ 2026
ހޯދާ