ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެވެށި އަނިޔާ އާއި ގުޅުންހުރި ތަމްރީނު ޕުރޮގުރާމްގެ ވެނިއު އަދި ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން (2 ވަނަ އިޢުލާން)
އިޢުލާން
މި އޮތޯރިޓީގެ ފަރާތުން މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގެވެށި އަނިޔާއާއި ގުޅުންހުރި ތަމްރީނު ޕުރޮގުރާމް ބާއްވާނެ ހޯލު އަދި ކޭޓަރިންގ ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް 2026 ޖަނަވަރީ 7 ވަނަ ދުވަހު ކުރި ނަންބަރު IUL)450-CA/450/2026/5) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެމައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތުސާފުކުރުން
- މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2026 ޖަނަވަރީ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުން
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
- ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޚާއި ގަޑި: 2026 ޖަނަވަރީ 28 ވަނަ ދުވަހުގެ 10:00 އަށް.
- ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
- އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
- ގަޑިއަށް ހާޟިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
19 ޖަނަވަރީ 2026
ހޯދާ
