ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުމުންދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ މެޝިނަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ކުމުންދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް މެޝިނަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 25 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަމުގައި ދަންނަވަމެވެ.

ލިންކް: https://forms.office.com/r/pqnCxtnXFR?origin=lprLink

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

25 ޖަނަވަރީ 2026 (އާދިއްތަ)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

25 ޖަނަވަރީ 2026 (އާދިއްތަ)

10:00

ޕްރީ ބިޑް ބައްދަލުވުން

25 ޖަނަވަރީ 2026 (އާދިއްތަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

28 ޖަނަވަރީ 2026  (ބުދަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޖަނަވަރީ 2026
ހޯދާ