ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި މަސްޖިދުލް ބަރަކާތު މިސްކިތުގައި ނޮވިލޯން އެޅުމަށް ބޭނުންވާ ތަކެތި އަމިއްލަ ޚަރަދުގައި ގަނެ، ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

5 ޖަނަވަރީ 2026 ގައި، މިކަމަށް ކުރެވުނު މިއިދާރާގެ ނަމްބަރު: (IUL)416-ESM&PS/416/2026/3 އިޢްލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 މަޑަވެލި މަސްޖިދުލް ބަރަކާތު މިސްކިތުގައި ނޮވިލޯން އެޅުމަށް ބޭނުންވާ ތަކެތި އަމިއްލަ ޚަރަދުގައި ގަނެ، ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގައި ނޮވިލޯން/ވައިނަލް އެޅުމަށް ބޭނުންވާ ނޮވިލޯން/ވައިނަލް އާއި ޓޭޕް އަދި ތެރަސް އަމިއްލަ ޚަރަދުގައި ގަނެ، ކައުންސިލުން އަންގާ ކަނޑު ބޯޓަކަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް،މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ، 'އަގު ހުށަހަޅާ ފޯމު' ފުރިހަމަކޮށް، 26 ޖެނުއަރީ 2026ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ މެއިލް: [email protected] އަށް އަގު ހުށަހަޅާ ފޯމު ނުވަތަ ކޯޓޭޝަން މެއިލްކޮށް ދެއްވުން އެދެމެވެ.

1) ނޮވިލޯން/ވައިނަލް ފޯރުކޮށްދޭ ފަރާތްތަކަށްދޭ މަޢުލޫމާތު:

    1)            ގދ. މަޑަވެލި 'މަސްޖިދުލްބަރަކާތު' މިސްކިތުގެ އެތެރޭގައި ނޮވިލޯން/ވައިނަލް އަޅަން ބޭނުންވާ ސަރަޙައްދުގެ މިންތައް:

§        މިސްކިތުގެ އެތެރޭގެ ފުޅާމިން (ސަފުދިގަށް): '66 ފޫޓް

§        މިސްކިތުގެ އެތެރޭގެ ދިގުމިން (ޤިބްލައަށް): '56 ފޫޓް

§        މިސްކިތުގެ އެތެރޭގެ ޖުމްލަ އަކަފޫޓް: 3696 އަކަފޫޓް

                              §     މިޙްރާބުގެ: ޤިބްލައަށް '5 ފޫޓް، ފުޅާ (ސަފުދިގަށް): '22 ފޫޓް

§        މިޙްރާބުގެ އެތެރޭގެ ޖުމްލަ އަކަފޫޓް: 110 އަކަފޫޓް

 

    2)            މިއިދާރާއަށް ފޯރުކޮށްދޭ ނޮވިލޯން/ވައިނަލް ގެ ބޯމިނުގައި 4.5 މިލިމީޓަރ ހުންނަންވާނެއެވެ. އަދި ނޮވިލޯން/ވައިނަލް އެޅުމަށް ބޭނުންވާ ސީމިން ޓޭޕާއި ތެރަސް ނޮވިލޯން/ވައިނަލް އެޅޭވަރަށް ފޯރުކޮށްދޭންވާނެއެވެ.

    3)            އަގު ހުށަހަޅާނީ މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ މިއިދާރާގެ 'އަގު ހުށަހަޅާ ފޯމު' ނުވަތަ ކޯޓޭޝަނުންނެވެ.

    4)            ފުރިހަމަކޮށްފައިވާ 'އަގު ހުށަހަޅާ ފޯމް އާއިއެކު، ކުންފުނި / ޕާރޓްނަރޝިޕް / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ނުވަތަ ޕްރޮފައިލް ކޮޕީ، މެއިލް ކުރަންވާނެއެވެ.

    5)            މިއިދާރާއަށް ފޯރުކޮށްދޭ ނޮވިލޯން/ވައިނަލްގެ ފޮޓޯއާއި ކުލައާއި ސްޕެސިފިކޭޝަންތައް ކޯޓޭޝަނާއި/ އަގުހުށަހަޅާ ފޯމާއިއެކު، މެއިލް ކުރަންޖެހޭނެއެވެ.

    6)            އަގު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބިޑްތައް ބަލައި ނުގަނެވޭނެއެވެ.

    7)            ނޮވިލޯން/ވައިނަލް ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުށަހަޅާ އަގުތައް އިވެލުއޭޓް ކުރާނީ، ތިރީގައިވާ ގޮތަށެވެ.

ޕޮއިންޓްދޭ ބައިތައް

ތަފްޞީލް

ޕޮއިންޓް

އަގު

ހުށަހަޅާ އަގު (ކުޑަ އަގަށް ގިނަ މާކްސް ލިބޭ އުޞޫލުން)

90%

މުއްދަތު

ހުށަހަޅާ މުއްދަތު (ކުރު މުއްދަތަށް ގިނަ މާކްސް ލިބޭ އުޞޫލުން)

10%

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން، މޮބައިލް ނަމްބަރު: 7774952 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖަނަވަރީ 2026
ހޯދާ