ދިވެހިރާއްޖެ
އިޢުލާނު
މި އޮފީހުގެ ލިފްޓު މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި އޮފީހުގައި މިހާރު ބޭނުންކުރަމުންދާ މިޓްސުބިޝީ ބްރޭންޑްގެ 1 ލިފްޓު ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މައުލޫމާތު، 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މޭލު ކުރުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ކުންފުނީގެ ނަން:
ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:
އީ-މޭލު:
ފޯނު ނަންބަރު:
ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މައުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 ޖަނަވަރީ 27 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.
29 ރަޖަބު 1447
