ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް

މި ސްކޫލަށް 01 އަހަރުދުވަހުގެ މުއްދަތަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް (ދެކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެ ފަރުނީޗަރާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ޝައުޤުވެރިވާ ފަރާތްތަކުން 8 ޑިސެންބަރު 2015 ވާއަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑްތައް ހުޅުވުން އޮންނާނީ މިކަމަށް އެދުނު ފަރާތްތަކުގެ ހާޒިރުގައި 15 ޑިސެންބަރު 2015ވާ އަންގާރަދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައެވެ. ބިޑްހުށަހަޅާނީ ސްކޫލުން ދޫކުރާ ބިޑް ޑޮކިއުމެންޓާ އެއްގޮތަށެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ވެރިފަރާތް ނޫން އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ، ގޭގެ ވެރިފަރާތުގެ ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

26 ނޮވެންބަރު 2015
ހޯދާ