ދިވެހިރާއްޖެ
އިޢުލާން
މިރަށު މަސްޖިދުއް ހުދާ، މަސްޖިދުލް ހިދާޔާ، މަސްޖިދުލް ފަލާޙްގައި ހަރުކޮށްފައި ހުރި ޖުމްލަ 36 އޭ.ސީ. ޔުނިޓަށް ކުރަންޖެހޭ ސާރވިސް (އިންޑޯ ޔުނިޓް އަދި އައުޓްޑޯ ޔުނިޓް ދޮވެ ސާފުކޮށް ގޭސް އެޅުން، ފެންފޭބުން ހައްލުކުރުން) ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކުރި އިޢުލާނުގައި މައުލޫމާތު ފުށުއެރުން ހުރުމާއި ގުޅިހެން ނަންބަރު (IUL)298/298/2026/3 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
|
ބައްދަލުވުން |
ތަފްސީލް |
|
މައުލޫމާތު ސެޝަން |
2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުން |
2026 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖަނަވަރީ 15 އިން ފެށިގެން 2026 ޖަނަވަރީ 22 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް https://forms.office.com/r/QBnyJv7Vda މިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފައިރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
