މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް 2026 ޖަނަވަރީ 18 ވަނަ ދުވަހުގެ 06:00 އިން 17:30 އަށް އުތުރު ތިލަފަޅުގެ ހުޅަނގު ފަރާތުން 02 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ އުތުރު ތިލަފަޅުގެ ހުޅަނގުން 02 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 500 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

15 ޖަނަވަރީ 2026
ހޯދާ