ދިވެހިރާއްޖެ
ގޯތި ގުރުއަތު ނެގުމާއި އެއްބަސްވުމުގައި ސޮއިކޮށް ވަގުތީ ރަޖިސްޓްރީ ހަވާލު ކުރުމާއި ބެހޭ:
ކޮނޑޭއިން 101 ބަންޑާރަ ގޯތި ދޫކުރެވުނު ނަންބަރު 412/412/2024/9(IUL) އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭކަމަށް މި އިދާރާގެ ނަންބަރު (IUL)412/412/2024/56 އިޢުލާނުން އާންމު ކޮށްފައިވާ 68 މީހުންގެ މެދުގައި ނެގޭ ގުރުއަތު ނެގުން 21 ޖެނުއަރީ 2026 ވަނަ ދުވަހު އަދި އެއްބަސްވުމުގައ ސޮއި ކުރުމާއި، ވަގުތީ ރަޖިސްޓްރީ ހަވާލު ކުރުން 21 ޖެނުއަރީ 2026 ވަނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، މި އިދާރާގެ ނަންބަރު 412/412/2024/9(IUL) އިޢުލާނުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުމަށް އެދި ދެންނެވީމެވެ.
ގޯތި ގުރުއަތު ނެގުން:
ގޯތި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ ކޮންފަރެސް ހޯލުގައެވެ. ގޯތި ގުރުއަތު ނެގުމުގެ ރަސްމިއްޔާތައް ގޯތި ލިބޭ ފަރާތައް ހާޟިރު ނުވެވޭނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވަންވާނެއެވެ. ގޯތި ގުރުއަތު ނެގުމުގެ ރަސްމިއްޔާތައް ގޯތި ލިބޭ ފަރާތައް ހާޟިރު ނުވެވޭނަމަ ހާޟިރު ނުވެވޭ ސަބަބާއި، ބަދަލުގައި ހާޟިރުވާނެ ފަރާތެއްގެ މަޢުލޫމާތު ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގޯތި ގުރުއަތު ނެގުމުގެ ރަސްމިއްޔާތައް ބަދަލުގައި ބޭފުޅަކު ނޮފޮނުވާނަމަ ގޯތި ގުރުއަތު ކަރުސާސް ކޮޅު ނަގާނީ އެ ވަގުތު އެ ރަސްމިއްޔާތުގައި ތިއްބަވާ ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން މުވައްޒަފެކެވެ.
ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުން:
ގޯތި ގުރުއަތު ނަގާ ތާރީޚް 21 ޖެނުއަރީ 2026 ވަނަ ދުވަހުން ފެށިގެން އެންމެ ލަސްވެގެން 02 މަސްދުވަހުގެ ތެރޭގައި ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ގޯއްޗާއި ހަވާލުވާން ވާނެއެވެ. ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދާނީ ކޮނޑޭ ކައުންސިލް އިދާރާގައެވެ. ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޟިރުވާންވާނީ ގޯތި ލިބޭ ފަރާތުންނެވެ. މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް ގޯއްޗާއި ހަވާލު ނުވާނަ ގޯތީ ދޫކުރުމަށް ނިންމި ނިންމުން ބާޠިލްކޮށް، ގޯތި ހަވާލު ނުކުރެވޭނެއެވެ.
ގޯތީގެ ވަގުތީ ރަޖިސްޓްރީ ނެގުން:
ގޯތި ގުރުއަތު ނަގާ ތާރީޚް 21 ޖެނުއަރީ 2026 ވަނަ ދުވަހުން ފެށިގެން އެންމެ ލަސްވެގެން 03 މަސްދުވަހުގެ ތެރޭގައި ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ވަގުތީ ރަޖިސްޓްރީއާއި ހަވާލުވާން ވާނެއެވެ. ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމުން ގޯތީގެ ވަގުތީ ރަޖިސްޓްރީ ހަވާލު ކުރާނެއެވެ.
ގޯތި ލިބޭ ފަރާތުގެ ޒިންމާ އަދި މަސްޢޫލިއްޔަތު (އެއްބަސްވުން)
- ގަވާއިދު ނަންބަރު 2016/R-88 (ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި އެފަދަ ގޯތީގައި ހަދާ ޢިމާރާތް ރަޖިސްޓްރީކުރުމާބެހޭ ގަވާޢިދު) އާ އެއްގޮތްވާ ގޮތުގެ މަތިން ގޯތި ޙަވާލުކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި ގޯތީގެ ދާއިމީ ރަޖިސްޓްރީ ހެއްދުމަށް ހުށަހެޅުން.
2. ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން މި އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގައި ގޯތި ޙަވާލުކުރާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ދިރިއުޅެން ފެށުން. (މި މާއްދާގެ ބޭނުމަށް ގޯތީގައި ދިރިއުޅޭކަމަށް ބެލެވޭނީ، ގެދޮރު ޢިމާރާތްކުރުމާބެހޭ ގޮތުން ސަރުކާރުން ހަދާފައިވާ ގަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޯތީގައި ކެއްކުމާއި، ކައިބޮއިއުޅުމާއި، ނިދުން ފަދަ ޟަރޫރީ ބޭނުންތައް ފުއްދަން ބޭނުންވާ ވަރަށް އެގޯތީގައި ޢިމާރާތްކޮށް، ކަރަންޓާއި، ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، އެ ޢިމާރާތެއްގައި ދިރިއުޅެން ފަށާފައިވާނަމައެވެ)
3. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯތީގައި، ގޯތި ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުން.
4. މި އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގޯތި ދޫކުރާ ފަރާތުން އިންވަކިކޮށް ގޯތި ޙަވާލުކޮށްފައިވަނިކޮށް، އަލުން އިންވަކިކުރަން ޖެހިއްޖެނަމަ، އިންވަކިކޮށްދެވޭނީ ކައުންސިލުން އެކަމަށް ކަނޑައަޅާ ފީ އެއް ދެއްކުމުން.
5. މި އެއްބަސްވުމުގެ ދަށުން ލިބޭ ގޯތީގެ އިން މަތީގައި އާއި އިމުން ބޭރުގައި އެއްވެސް ވަރަކަށް ޢިމާރާތް ނުކުރުން.
6. މި އެއްބސްވުމުގެ ދަށުން ގޯތި ލިބޭ ފަރާތް ބަންޑާރަ ގޯތި ޙަވާލުކުރަނީ ދިރިއުޅުމުގެ ބޭނުމަށްކަމުގައިވުމުން. (މި މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ލިބޭ ގޯތީގައި ދިރިއުޅުން ނޫން ބޭނުމެއް ކުރުމަށް އެދޭނަމަ، އެކަމުގެ ހުއްދަ ގޯތި ދޫކުރާ ފަރާތުން ހޯދުމަށްފަހު، ލިބޭ ގޯތީގައި ދިރިއުޅުން ނޫން ބޭނުމެއް ކުރުމަށް މި އެއްބަސްވުން ހުރަހެއް ނާޅައެވެ. )
7. މިއެއްބަސްވުމުގެ ދަށުން ލިބޭ ގޯތިޣައި ގޯތި ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ގޯތީގެ އިންފާރު ރާނައި، ބެލެހެއްޓުން. (މި މާއްދާގެ ގައިވާ ގޮތުގެ މަތިން ގޯތީގެ އިންފާރު ރާނަންވާނީ ގޯތި ދޫކުރާ ފަރާތަށް ހުށަހަޅައި އެފަރާތުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. )
8. މި އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯއްޗަކީ ދެމަގަށްވާގޮތަށް އޮތް ގޯއްޗެއްނަމަ، އެ ގޯތީގެ ކަނުން 12 ފޫޓުގެ ރޭޑިއަސްއަކުން ކަން ވަށްކޮށް، ގޯތީގެ އަކަފޫޓުން އެބައި އުނިކުރެވޭނެކަން ގޯތި ލިބޭ ފަރާތުން އެއްބަސްވާންވާނެ. ( އަދި މި މާއްދާގެ ގައިވާ ގޮތުގެ މަތިން އިންފާރު ރާނަންވާނީ މިފަދައިން ގޯތީގެ ކަން ވަށްކޮށްފައެވެ.)
9. މި އެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތީގެ މިލްކުވެރިކަން ޝަރުޢީ އެއްވެސް މުޢާމަލާތެއްގެ ޒަރިއްޔާއިން ބަދަލުކުރާނަމަ، އެ މުޢާމަލާތެއް ޝަރުޢީގޮތުން އަޤުދުކުރުމަށް ހުށަހެޅުމާއެކު، ގޯތި ދޫކުރާ ފަރާތަށް އެކަން އެންގުން.
10. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯތީގެ އިން ވަކިކުރުމަށް ރޯ ގަސް ނުޖެހުން.
11. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯތީގައި ގޯތި ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ގޭގެނަމާއި ނަންބަރު އެނގޭގޮތަކަށް ނަންބޯޑު ބަހައްޓުން. ( ނަމާއި ނަންބަރު ނޭނގޭ ގޮތަށް ނަންބޯޑު ހުރިނަމަ، ނުވަތަ ނަންބޯޑު ހަލާކުވެއްޖެނަމަ، ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި ނަންބޯޑު ހަދާފައި ބަހައްޓަންވާނެއެވެ.)
12. މި އެއްބަސްވުމުގެ ދަށުން ލިބޭ ބަންޑާރަ ގޯތީގައި ގޯތި ލިބޭ ފަރާތް ނޫން އެހެން ފަރާތަކުން ގޯތީގައި އެއްވެސް ޢީމާރާތެއް ނުހެދުން. (ގޯތި ލިބޭ ފަރާތް ޏުން އެހެން ފަރާތަކުން ގޯތީގައި ޢިމާރާތްކުރިނަމަވެސް، އެ ޢިމާރާތުގެ މިލްކުވެރިކަން އެފަރާތަކަށް ނުލިބޭނެއެވެ. އަދި އެފަދަ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށް ނުދެވޭނެއެވެ. )
13. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯތީގެ މަގުމަތީ ފާރު ނުވަތަ މަގުމަތީ ފާރުން ބައެއްނަމަވެސް، ތަޅާލަންވާނީ ގޯތި ދޫކުރާ ފަރާތުގެ ހުއްދަ ހޯދުން.
14. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯތިން މަގުމައްޗަށް ދޮރުކެނޑުމާއި ފޮރާށި ބަދަލުކުރަންވާނީ ގޯތި ދޫކުރާ ފަރާތުގެ ހުއްދަ ހޯދުން.
15. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯތީގައި އެހެން މީހަކަށް ދީފައިވާ ގޯއްޗެއްގެ އިންފާރުކައިރީގައި ފާރެއް ރޭނުމުގެ ކުރިން ނުވަތަ ޢިމާރާތެއް ކުރުމުގެ ކުރިން ގޯތި ދޫކުރާ ފަރާތުގެ ހުއްދަ ހޯދުން.
16. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯތީގައި ކުރާ ޢިމާރާތުގެ އެއްވެސް ފާރެއް، އިމާ 3 (ތިނެއް) ފޫޓަށް ވުރެ ކައިރީގައި، އިމާރާތް ނުކުރުމަށާއި ޖެހިގެން ހުނަން ގޭގެ ޢިމާރާތަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް އިމާރާތްނުކުރުން.
17. މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރާ ގޯއްޗާ އިންވެގެންވާ ގޭގައި އުޅޭ ފަރާތްތަކަށް އުނދަގޫވާފަދަ ގޮތަކަށް ވަޅު ވަޅުގަނޑު ކޮނުމާއި، ފާޚާނާ، ތަޅުންގަނޑު ހެދުންފަދަ ކަންތައްތައް ނުކުރުން.
18. މި އެއްބަސްވުމުގެ ދަށުން ލިބޭ ގޯއްޗާ ގުޅިފައިވާ މަގުތައް މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދާއި އެއްގޮތަށް ކުނިކަހައި، ވިނަ ނޮޅައި ސާފުކޮށް ގެންގުޅެ ބެލެހެއްޓުން.
ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
