އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށީގައި މެނޭޖުނުކުރެވޭ ބާވަތްތަކުގެ ކުނި ތިލަފުއްޓަށް އުފުލުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން:

މި ރަށުގެ ކުނިކޮށީގައި މެނޭޖުނުކުރެވޭ ބާވަތްތަކުގެ ކުނި މި އިޢުލާނާއެކު ހިއްސާކުރެވޭ މަޢުލޫމާތުތަކާ އެއްގޮތަށް ތިލަފުއްޓަށް އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2026 ޖަނަވަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލަށް ރަޖިސްޓަރީވާން އެދި ހުށަހަޅާ ފަރާތް (ކުންފުނި/ޕާޓްނަރޝިޕް/ފަރުދުންގެ ވިޔަފާރި)ގެ ނަން، ވެރިފަރާތުގެ ފުރިހަމަ ނަމާއި އަދި ރަސްމީ ފޯނުނަންބަރު މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް މެއިލްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ހިމެނޭ ބިޑްޑޮކިއުމަންޓް އެއްކަރުދާސްކުރެވިފައި ވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.

މި މަސައްކަތާގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މަތީގައިއެވާ މެއިލަށް 2026 ޖަނަވަރީ 20 ވަނަ ދުވަހުގެ ނިޔަލަށް ސުވާލު ހުށަހަޅާ ފަރާތްތަކަށް 2026 ޖަނަވަރީ 21 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2026 ޖަނަވަރީ 25 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

15 ޖަނަވަރީ 2026
ހޯދާ