ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ނަޖާތީއަށް، ކާޕެޓް ސަޕްލައި ކުރުމާއި ކާޕެޓް އެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)/259/2025/122 އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.
އޮންލައިންކޮށް ރަޖިސްޓަރވުމަށް: https://forms.gle/bBpquPwovPu6f7776
|
ގަޑި |
ތާރީޙް |
ތަފްސީލް |
|
13:00 |
25 ޖެނުއަރީ 2026 (އާދިއްތަ) |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
|
13:00 |
25 ޖެނުއަރީ 2026 (އާދިއްތަ) |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
|
10:00 |
26 ޖެނުއަރީ 2026 (ހޯމަ) |
އަންދާސީ ހިސާބު ހުށަހެޅުން |
|
ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ ޖަލްސާ ކޮޓަރި |
||
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528115 އަށެވެ. |
||
މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.
މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
