ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2026 ވަނަ އަހަރު ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

  1. ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ސްކޫލު އެއަރކަންޑިޝަން ކުރުމަށްޓަކައި  މިމަރުކަޒުގެ ކުލާސްރޫމްތަކާއި ހޯލްގެ ސީލިންގ އަދި ދޮރުތަކުގައި ކުރަންޖެހޭ މަރާމާތުތައް ކޮށްދިނުމަށް 2025 ޑިސެންބަރު 15 ގައި ކުރި އިއުލާނު ބާޠިލްކޮށް އަލުން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖެނުއަރީ 15 ން 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ 12:00 ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު:  https://forms.gle/EcUpUo8KzvhgyDQs5

 މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖެނުއަރީ 25 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާންގެ 7  ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

   3. ޕްރީ ބިޑް މީޓިން އޮންނާނީ 2026 ޖެނުއަރީ 26 ވަނަ ދުވަހު 13:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

   4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖެނުއަރީ 27 ވަނަ ދުވަހުގެ 11:00ގައިހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

   5. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

   6. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއަމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014,

  އީ-މެއިލް: [email protected],mv

15 ޖަނަވަރީ 2026
ހޯދާ