ދިވެހިރާއްޖެ
(IUL)38-AB/38/2026/41 :ނަންބަރު
އިޢުލާން
ސްޓޭޝަނަރީ ޕެކް، އިންޑެލިބްލް މާކަރ އަދި ސެކިއުރިޓީ އުރަ ސަޕްލައިކުރުން ހޯދުން
މި ކޮމިޝަނުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް، ސްޓޭޝަނަރީ ޕެކް، އިންޑެލިބްލް މާކަރ އަދި ސެކިއުރިޓީ އުރަ ސަޕްލައިކުރުން ހޯދުމަށް ކޮށްފައިވާ ނަންބަރު 242 (IUL)38-AB/38/2025/އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ކޮމިޝަނުގެ ރިކުއަރމަންޓަށް ނުފެތޭތީ، މި ބީލަން ބާޠިލުކޮށް މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުޅުވުން އޮންނާނީ 04 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 03 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
