މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: TES/2015/C-13

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ނ.ހޮޅުދޫ، ރ.އިނގުރައިދޫ، ބ.ކެންދޫ، ކ.ގާފަރު، ރ.މާކުރަތު، ކ.ދިއްފުށި އަދި ނ.މާފަރުގައި ޤާއިމުކުރާ ފެނުގެ ނިޒާމުގެ ޑިޒައިން މަސައްކަތް

ނ.ހޮޅުދޫ، ރ.އިނގުރައިދޫ، ބ.ކެންދޫ، ކ.ގާފަރު، ރ.މާކުރަތު، ކ.ދިއްފުށި އަދި ނ.މާފަރު ލޮނުފެނުން މީރުފެން އުފައްދާ އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރާ ޓޭންކް ބަހައްޓައި އިޖުތިމާޢީ އިސްކުރުބަރީގެ އެހީގައި ފެން ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ފައިސާ އޮޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އެހީގެ ދަށުން ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ޕްލިމިނަރީ ޑިޒައިންގއާއި ޑީޓެއިލްޑް ޑިޒައިންގ ހެދުން އަދި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހެދުން ހިމެނެއެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށް ދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349101 ،

ފެކްސް: 3320706 ، 3324432،

އީމެއިލް: [email protected]

ކޮޕީ: [email protected]

23 ނޮވެންބަރު 2015
ހޯދާ