ކޮޅުމަޑުލު ގާދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް
2026 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލެހެއްޓުމާ ގުޅޭ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
2026 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
މި ބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
https://forms.gle/6eUgj7xKVGgLjGxw7
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 20 ޖަނަވަރީ ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 13.00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ، ހަމައެކަނި ރަޖިސްޓްރީ ކުރައްވާ ފަރާތްތައް ކަމުގައިވެސް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 25 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގާދިއްފުށީ ސްކޫލް / ތ.ގާދިއްފުށި
ފޯން: 7917724، އީ-މެއިލް: [email protected]
14 ޖަނަވަރީ 2026
ހޯދާ
