ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޘުންގެ ހުރުމާއި ކެއުން އަދި ޙާފިޘުންގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޘުންގެ ހުރުމާއި ކެއުން އަދި ޙާފިޘުންގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         

           މި ކައުންސިލުން 1447 ވަނަ އަހަރު ރަމަޟާންމަހު މަސްޖިދުލް އިނާރާއާއި މަސްޖިދުލް އީޘާރުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރުމަށް ގެންނަވާ ޙާފިޘުންގެ ހުރުމާއި، ކެއުމާއި، އަދި  ޙާފިޘުންގެ އަންނައުނު ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް  ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އަގުހެދުމުގައި ސަމާލުކަން ދޭންވީ ކަންކަން:       

-            1 އޭސީ ކޮޓަރި (ސިންގަލް 2 އެނދު) ފާޚާނާއެކު.

-            2 ޙާފިޘުންގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދިނުން.

-           2 ޙާފިޘުންގެ 3 އިރުގެ ކެއުން (ރޯދަވީއްލުން، ރޭގަނޑު ކެއުން އަދި ހާރުކެއުން).

ނޯޓް: ކޯޓޭޝަން ތައްޔާރުކުރައްވާއިރު، ތައްޔާރުކުރައްވާނީ މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް ދުވާލަކަށް ޖެހޭ ޢަދަދެވެ. 

              ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 28 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަމްބަރ 6800709،6800920 ފޯނަށް ގުޅުއްވުން އެދެމެވެ.

            

14 ޖަނަވަރީ 2026
ހޯދާ