ދިވެހިރާއްޖެ
ނަންބަރު: (IUL)303-EDMS/303/2026/3
އިޢުލާން
ޅެންވެރިންގެ ދުވަސް ފާހަގަކުރުމާއި ގުޅޭ
ރ. އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން 2026 ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާތެރޭގައި 5 ދުވަހުގެ މުއްދަތަށް ޅެން ހަދަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސްކޫލް ދަރިވަރުންގެ ތެރެއިން ގްރޭޑް 5 ން މަތީގެ ދަރިވަރުންނަށާއި އާންމުންގެ ދެޖިންސްގެ ހުރިހާ ފަރާތްތަކަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ ސްކޫލް ދަރިވަރުންނަށް -/300 (ތިންސަތޭކަ ރުފިޔާ) އަދި އާންމުންނަށް -/500 (ފަސްސަތޭކަ ރުފިޔާ) އެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
