ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުން.
ބައު ތަކެތި ނީލަން ކިޔުން
މި ކައުންސިލް އިދާރާގައި ބޭނުންކުރި ތަކެތީގެ ތެރެއިން ހަލާކުވެފައިވާ ތަކެއްޗާއި، އަދި ބާވެފައިވާ ބައެއް ތަކެއްޗާއި ރަށުގެ ކުޅޭބިންތަކުގައި ބޭނުންކުރި ބައެއް ތަކެއްޗާއި، ޢިމާރާތްތައް މަރާމާތު ކުރިއިރު ނަގާފައިވާ ތަކެތީގެ ނީލަން ކިޔުން 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހު 10:15 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ.
ނީލަންކިޔާ ތަކެތީގެ ލިސްޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރާނެގޮތް ތިރީގައި އެވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ދުވަހު 9:00 އިން 10:00 އާ ދެމެދު ކައުންސިލް އިދާރާއަށް ހާޟިރުވެ ނީލަމުގައި ރަޖިސްޓްރީވުން. އަދި ރަޖިސްޓްރީވާ ފަރާތުގެ އައި.ޑީ.ކާޑް ގެންނަންވާނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- ނީލަން ފެށޭ އަގާއި ނީލަމަށް އިތުރުކުރެވޭ އަގު ނީލަންކިޔަން ހަމަޖެހިފައިވާ ލިސްޓްގައި ހިމެނިފައިވާނެއެވެ.
- ނީލަމުން ނަގާ ތަކެއްޗަށް ނީލަން ނިމުމުން އެދުވަހުގެ 14:00 ގެ ކުރިން ފައިސާ ދައްކާ ނިންމަންވާނެއެވެ.
- ނީލަމުން ނަގާ ތަކެތި 23 ޖަނަވަރީ 2026 ދުވަހުގެ 18:00 ގެ ކުރިން ގެންގޮސް ނިންމަންވާނެއެވެ.
- ނީލަމުން ނަގާ ތަކެތި ކައުންސިލް އިދާރާއިން ބޭރުކުރެވޭނީ ރަސްމީ ދުވަހެއް ނަމަ ހެނދުނު 8:00 ން ހަވީރު 17:00 އާ ދެމެދުގައެވެ. ބަންދު ދުވަހެއްނަމަ ހެނދުނު 8:00 ން މެންދުރު 11:00 އާ ދެމެދުގައެވެ. އަދި ހަވީރު 16:00 ން 18:00 ދެމެދުގައެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
14 ޖަނަވަރީ 2026
ހޯދާ
