ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ރާއްޖެތެރޭގެ ރަށްތަކުގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ގދ.މަޑަވެލި ހިމެނިފައިވެއެވެ. އެހެންކަމުން، އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުން މި ޕްރޮގްރާމްގެ އެކި ކަންކަމަށް ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ސްޕޮންސަރ ކުރުމަށް ހުޅުވާލެވޭ ކަންތައްތަކުގެ ތެރޭގައި:
- ބައިވެރިންގެ މެދުގައި ހަދިޔާ ކޫޕަން ޤުރުޢަތު ނެގުން
- ޕްރޮގްރާމުގައި ބައިވެރިވާ (ޤުރްއަތުން ހޮވާލެވޭ) އަންހެން ބައިވެރިއަކަށް ޢުމްރާ ދަތުރު
- ޕްރޮގްރާމްގައި ބައިވެރިވާ (ޤުރުއަތުން ހޮވާލެވޭ) ފިރިހެން ބައިވެރިއަކަށް ޢުމްރާ ދަތުރު
ވީމާ، މަތީގައި ދެންނެވިފައިވާ ކަންކަމަށް ސްޕޮންސަރކޮށް އެހީ ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް 25 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޑަވެލީ ކައުންސިލްގެ އިދާރާގެ މެއިލް ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ފިޔާޟް ޙަސަން، މޮބައިލް ނަމްބަރު: 7774952 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
