މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ

ރ.ކިނޮޅަހު އޯޝަންވިލާ ޙާމިދު އިސްމާޢީލް، ރ.އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ޙައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ، އެބޭފުޅާގެ ޚަރަދުގައި ހަމަޖެއްސުމަށް ހުޅުވާލާފައިވާ ފުރުޞަތާއި ގުޅިގެން ދަންނަވަމެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ އުމުރުން 40 އަހަރު ފުރި މާލީތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ޙައްޖު ވެވިފައިނުވާ ރ.މަޑުއްވަރީގެ ފަރާތްތަކަށެވެ.

ވީމާ، މިކަމަށްއެދޭ މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަވާ ބޭފުޅުން 2026 ޖަނަވަރީ 21 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ސިޓީއަކާއިއެކު އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަފަރާތްތަކުން ކުރިމަތިލާފައިވާނަމަ، މީހަކު ހޮވުން ކުރިއަށް ގެންދެވޭނީ ގުރުއަތުލައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ޖަނަވަރީ 2026
ހޯދާ