ދިވެހިރާއްޖެ
ރަށުގެ ބަނދަރުގައި ހުރި ރައްޔިތުންގެ 11 ރުއް 1 އަހަރުދުވަހަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، ރުއްތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ހުށައަޅާ އެންމެ މަތީ އަގު ލިޔުއްވާ އައިޑީ ކާޑުގެ ކޮޕީއަކާއި އެކު ސިޓީ އުރައެއްގައި ބަންދުކުރައްވައި 20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަގުހުށަހެޅުއްވުން އެދެމެވެ.
ވަރުވާއަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ އަހަރަކަށް 2000.00ރ (ދެހާސް ރުފިޔާ) އެވެ. ހުށަހެޅޭ އަގުތަކުގެ ތެރެއިން އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ރަސްމީގަޑީގައި މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ޖެހިޖެހިގެން 3 ދުވަސްވަންދެން އެއް އަގެއްގައި އޮވެއްޖެނަމަ އެފަރާތަކަށް ރުއްތައް ޙަވާލުކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6540056 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
