ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ހިންނަވަރުގައި ގާއިމްކުރަން ހަމަޖެހިފައިވާ ތީމް ވޯޓާ ޕާކު އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

އިޢުލާން

ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް،  ޅ.ހިންނަވަރުގައި ގާއިމްކުރަން ހަމަޖެހިފައިވާ ތީމް ވޯޓާ ޕާކު އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ނަމްބަރ: (IUL)326/PRIV/2025/49 ބާޠިލްކޮށް، އަލުން އިޢުލާންކޮށް، ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

* ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައިވާ ގޮތުގެމަތިން ބިޑު ފޯމު ގަނެ ހުށަހެޅުއްވުން އެދެމެވެ. 

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ފޯމް ވިއްކުން

(ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ  500.00ރުފިޔާއަށް)

 14 ޖަނަވަރީ 2026 ވާ ބުދަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2026ވާ ހޯމަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00އަށް

ހިންނަވަރު ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން  (ބިޑް/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.(

20 ޖަނަވަރީ 2026 ވާ އަންގާރަ ދުވަސް

ހެނދުނު 10:00 

ހިންނަވަރު ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

25 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަސް

ހެނދުނު 10:00

ހިންނަވަރު ކައުންސިލްގެ އިދާރާ

 

 

 

 

 

 

 

 

 

 

*     މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް އެދޭ ފޯމު ހިންނަވަރު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

*      މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

*     ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/500ރ (ފަސްސަތޭކަ ރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއް ނޫނެވެ.

*      ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  • ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.
  • ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  •  ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

*        މެއިލް މެދުވެރިކޮށް ބިޑް ފޯމް ގަންނަނަމަ، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއިއެކު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ފޮނުވަންވާނެއެވެ. މެއިލް ލިބުނުކުން ކަށަވަރުކުރުމަކީ، ބިޑް ގަންނަ ފަރާތުގެ ޒިންމާއެކެވެ.

ކައުންސިލް މެއިލް: [email protected]

*        ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 25 ޖަނަވަރީ 2026ވާ އާދީއްތަ ދުވަހުގެ  10:00ށް ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

25 ރަޖަބު 1447

14 ޖަނަވަރީ 2026

14 ޖަނަވަރީ 2026
ހޯދާ