މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ފާޚާނާއެއް ހެދުމަށް

މިމަދަރުސާގެ އިޢުލާން ނަންބަރު 25/2015/GS-82 އާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އައި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިއުލާން ކުރަމެވެ. މިމަދަރުސާގައި ޕްރީސްކޫލް ދަރިވަރުން ބޭނުންކުރުމަށް ފާޚާނާއެއް ހެދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 02 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 08 ވާ އަންގާރަ ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

26 ނޮވެންބަރު 2015
ހޯދާ