ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 4 (ހަތަރެއް)
ވަޒީފާ އޮތް އޮފީސް: މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރު ދުވަސް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: މަދަރުސަތުއްޝައިޚް އިބްރާހީމް، އެކަޑަމިކް ސެކްޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
ޚާއްޞަ ނޯޓް:
ސެޓްފިކެޓް ލެވަލުގެ ކޯސްތަކުގެ ސެޓިފިކެޓް ހުށަހަޅާނަމަ، ސެޓިފިކެޓްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައި ހުންނަންވާނެއެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިނުވާނަމަ، ސަރުޠު ހަމަވޭތޯ ބެލުގައްޔާއި ޕޮއިންޓްދިނުމުގައި އެފަދަ ސެޓިފިކެޓްތަކެއް ނުހިމެނޭއެވެ.
މަޤާމުގެ ޝަރުޠު:
| 
 މަޤާމު  | 
 ރޭންކް  | 
 ކްލެސިފިކޭޝަން  | 
 ޝަރުޠު  | 
 މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ޕްރީ ސްކޫލް އެސިސްޓަންޓް ޓީޗަރ  | 
 GS1  | 
 ޕްރީ ސްކޫލް ޓީޗަރ 1  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމަށްޓަކައި ޕްރީސްކޫލް ޓީޗިންގގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާކަމަށް މަސައްކަތްކުރި ތަނަކުން ދެއްވާފައިވާ ލިޔުން ހުށަހެޅުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
 3565/-  | 
 1500/-  | 
| 
 ޕްރީ ސްކޫލް ޓީޗަރ  | 
 GS2  | 
 ޕްރީ ސްކޫލް ޓީޗަރ 2  | 
 ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓިފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 4000/-  | 
 1500/-  | 
| 
 ޕްރީ ސްކޫލް ޓީޗަރ  | 
 GS3  | 
 ޕްރީ ސްކޫލް ޓީޗަރ 3  | 
 ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓިފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 4465/-  | 
 1500  | 
| 
 ޕްރީ ސްކޫލް ޓީޗަރ  | 
 GS4  | 
 ޕްރީ ސްކޫލް ޓީޗަރ 4  | 
 ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓިފިކެޓް 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ؛ ކިޔަވައިދިނުމުގެ ރޮނގުން ސެޓިފިކެޓް ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 5020/-  | 
 2500/-  | 
| 
 ޕްރީ ސްކޫލް ޓީޗަރ  | 
 MS1  | 
 ޕްރީ ސްކޫލް ޓީޗަރ 5  | 
 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީވިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން  | 
 5610/-  | 
 2500/-  | 
| 
 ޕްރީ ސްކޫލް ޓީޗަރ  | 
 MS2  | 
 ޕްރީ ސްކޫލް ޓީޗަރ 6  | 
 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން  | 
 6295/-  | 
 2500/-  | 
| 
 ޕްރީ ސްކޫލް ޓީޗަރ  | 
 MS3  | 
 ޕްރީ ސްކޫލް ޓީޗަރ 7  | 
 ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓިފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛ ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން  | 
 7035/-  | 
 2500/-  | 
| 
 ޕްރީ ސްކޫލް ޓީޗަރ  | 
 MS4  | 
 ޕްރީ ސްކޫލް ޓީޗަރ 8  | 
 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން  | 
 7875/-  | 
 2500/-  | 
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2015 ޑިސެންބަރު 3 ވަނަ ދުވަހުގެ މެންދުރުފަހު 1.00 ގައި، މަދަރުސަތުއްޝައިޚް އިބްރާހީމްގެ އޭވީ ރޫމުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަދަރުސަތުއްޝައިޚް އިބްރާހީމްގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑސެންބަރު 1 ވާ އަންގާރަ ދުވަހުގެ މެންދުރު 1.00 ގެ ކުރިންނެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން، މަދަރުސަތުއްޝައިޚް އިބްރާހީމްގެ 6500097 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
- މި އިޢުލާނު އާންމުކުރުމާ ގުޅިގެން، 2 ނޮވެންބަރު 2015 ގައި، ޕްރީ ސްކޫލް ޓީޗަރުން ހޯދުމަށް ކުރެވުނު GS78/IULAAN/2015/18 ނަންބަރުގެ އިޢުލާނު ވަނީ ބާޠިލް ކުރެވިފައެވެ.
7 ޞަފަރު 1437
