އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކަރަންޓު ދޫކުރުމާއި ގުޅޭ

                       ބަނދަރު ސަރަހައްދުން އޮޑިދޯނިފަހަރާއި ކުންފުނިތަކަށް އަދި އާންމު ފަރާތްތަކަށް ދޫކުރަމުންއައި ކަރަންޓް ދޫކުރުމުގެ އުޞޫލަށް ވަނީ ބަދަލު ގެނެވިފައެވެ.

 

                       ބަނދަރު ސަރަހައްދުން އޮޑިދޯނިފަހަރާއި ކުންފުނިތަކަށް އަދި އާންމު ފަރާތްތަކަށް ދޫކުރަމުންއައި ކަރަންޓް ދޫކުރުމުގެ އުޞޫލަށް ވަނީ ބަދަލު ގެނެވިފައެވެ.

ގެނެވިފައިބަދަލު

  • އޮޑި ދޯނިފަހަރާއި އާންމު ފަރާތްތަކުން ކުއްލިއަކަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަގުތީ ކަރަންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ފީ ނެގުމަކާނުލައި ހިލޭދެވޭ ޚިދުމަތެއްގެ ގޮތުގައެވެ.
  • ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކަށް ވަގުތީ ކަރަންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓް ބޭނުންކުރާ ކޮންމެ ދުވަހަކަށް -/100 (ސަތޭކަ) ރުފިޔާގެ ފީއެއް ނަގާގޮތަށެވެ.

ވީމާ، ބަނދަރު ސަރަހައްދުން ވަގުތީ ކަރަންޓް ބޭނުންވާ ފަރާތްތަކުން ޚިދުމަތަށްއެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިހާރު ކަރަންޓް ބޭނުންކުރަމުންދާ ފަރާތްތަކުން 15 ޖަނަވަރީ 2026 ދުވަހުގެ 14:00 ކުރިން ޚިދުމަތަށް އެދޭ ފޯމް ފުރިހަމަކޮށްގެން ޚިދުމަތް ހޯދުމަށް ދަންނަވަމެވެ. ޚިދުމަތަށް އެދޭފޯމް ރަސްމީ ގަޑިތަކުގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއިއެކު އެއްހީރާސް ކުރެވިފައިވާނެއެވެ. މި އިދާރާގެ ހުއްދަ ލިޔުމުން ނުހޯދައި ކަރަންޓް ބޭނުންކުރާނަމަ ކަރަންޓް ކަނޑާލެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ރަޖަބް 1447ހ.

13 ޖަނަވަރީ 2026މ.

 

13 ޖަނަވަރީ 2026
ހޯދާ