ދިވެހިރާއްޖެ
މާފަރު ކައުންސިލާއި ކުޅިވަރު ކޮމެޓީ ގުޅިގެން ބާއްވާ ވެޓެރަންސް ޗެލެންޖް 2026 ގައި ބައިވެރިވުމަށް ހުޅުވާލަމެވެ. ވެޓަރެންސް ޗެލެންޖް 2026 އަކީ މާފަރުގައި ދިރިއުޅޭ 35 އަހަރުން މަތީގެ ފިރިހެނުންނަށް ޚާއްސަކޮށްގެން މާފަރު ކައުންސިލްގެ ފަރާތުން ބާއްވާ 6އަސައިޑް ފުޓްބޯޅަ މުބާރާތެކެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 08 ފެބްރުއަރީ 2026 ގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އަދި ސޯޝަލް މީޑިޔާ ޕޭޖްގެ ލިންކް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މުބާރާތުގެ އޮފިޝަލް ސޯޝަލް މިޑިޔާ ޕޭޖްގައި ހިއްސާކުރެވެމުންދާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 20 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދެއްވުމަށް 6560005 ނުވަތަ 9883511 އަށް ގުޅުއްވުން އެދެމެވެ.
