މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރުބާރުގެ ގްރައުންޑް ފްލޯރ އިރުމަތީ ފެންޑާގައި ހުރި ފާޚާނާ ބުލޮކް-1 އަދި ފާޚާނާ ބުލޮކް-2 ގެ ފާޚާނާތައް މަރާމާތު ކުރުމާއިގުޅޭ
ދަރުބާރުގެ ގްރައުންޑް ފްލޯރ އިރުމަތީ ފެންޑާގައި ހުރި ފާޚާނާ ބުލޮކް-1 އަދި ފާޚާނާ ބުލޮކް-2 ގެ ފާޚާނާތައް މަރާމާތު ކުރުމާއިގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދަރުބާރުގެ ގްރައުންޑް ފްލޯރ އިރުމަތީ ފެންޑާގައި ހުރި ފާޚާނާ ބުލޮކް-1 އަދި ފާޚާނާ ބުލޮކް-2 ގެ ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
- ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި، ބިނާރާ ބެހޭ ވުޒާރާގައެވެ.
- ބީލަމާއި ގުޅޭ ސަރވޭ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ މެންދުރު 14:30 – 1530 އަށް އިމާރާތްކުރުމާއި، ބިނާރާ ބެހޭ ވުޒާރާގައެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 22 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު1200 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 27 ޖެނުއަރީ 2026ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: [email protected]
13 ޖަނަވަރީ 2026
ހޯދާ
