ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތް ތަކުގެ ފޮޓޯ ހޯދުމަށް.

އިޢުލާން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ތިބި ފަރާތް ތަކުގެ ފޮޓޯ ހޯދުމަށް.

      ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވަނީ ދަފްތަރުގައި ހިމެނިފައިވާ ހުރިހާ ފަރާތްތައް ޝާމިލްވާނެހެން ދަފްތަރު އައިޑެންޓިފިކޭޝަން ކާޑެއް ތަޢާރަފް ކުރުމަށް ނިންމާފައެވެ. މި ކާޑު ތައްޔާރުކުރުމަށްޓަކައި، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ފޮޓޯ ނެގުމުގެ މަސައްކަތް ތިނަދޫ ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އަންނަންޖެހޭ ގަޑި އަންގާލެވޭނެ ވާހަކަ ދަންނަވަމެވެ.

      ވީމާ، މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުން މި އިދާރާއިން ފޮނުވާ މެސެޖާއި އެއްގޮތަށް ފޮޓޯ ނެގުމަށް ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

 

  • ފޮޓޯ ނެގުން ކުރިއަށްދާނެ ތަން:  ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
  • ތާރީޚް: 14 އަދި 15 ޖެނުއަރީ 2026  

 

ފޮޓޯ ނެގުމަށް ވަޑައިގަންނަވާއިރު، އައިޑީ ކާޑު ނުވަތަ އައިޑީ ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

 

12 ޖަނަވަރީ 2026
ހޯދާ